ޚަބަރު

ހުކުރު ނަމާދު ފޭސްބުކާއި ޔޫޓިއުބުން ލައިވްކުރަނީ


ޢިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދު ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް ލައިވްކުރަން ފަށައިފިއެވެ.

ޢިސްލާމިކް މިނިސްޓްރީން ވިދާޅުވީ މަސްޖިދް ސުލަތާން މުހައްމަދު ތަކުރުފާނު އައުޒަމްގައި ކުރާ ހުކުރު ނަމާދު މިއަދުން ފެށިގެން އެ މިނިސްޓްރީގެ ޔޫޓިއުބް ޗެނަލާއި ފޭސްބުކުން ލައިވްކުރަމުން ގެންދާނެކަމަށެވެ.

ޢިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުކުރު ނަމާދު ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތައް މެދުވެރިކޮށް ލައިވްކުރަން ފެށީ ވީހާ ގިނަ ބަޔަކަށް ހުކުރު ހުތުބާ އަޑުއެހުމާއި ފަހުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ހުކުރުގެ އިތުރުން މަރުކަޒުގައި ބާއްވާ ދަރުސްތައްވެސް ޔޫޓިއުބް އަދި ފޭސްބުކުން ލައިވް ކުރަމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދު މިހާރުވެސް އަންނަނީ ޕީއެސްއެމް ގެ ޗެނަލްތަކުން ލައިވްކުރަމުންނެވެ. ޢަދި ޕިއެސްއެމްގެ ފީޑު މެދުވެރިކޮށް އަމިއްލަ ބައެއް ޗެނަލްތަކުވެސް ހުކުރު ނަމާދު ލައިވްކުރަމުން ގެންދެއެވެ.