ވިޔަފާރި

މީރާއަށް 2 ލައްކައަށްްވުރެ ގިނަ ޑޮލަރު ދެއްކުމަށް އެމްވީކޭގެ މައްޗަށް ޙުކުމްކޮށްފި


އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

އެމްވީކޭގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 232,849.84 ޑޮލަރު (ދެލައްކަ ތިރީސް ދެ ހާސް އަށް ސަތޭކަ ސާޅީސް ނުވަ ޑޮލަރު އަށްޑިހަ ހަތަރު ސެންޓާއި) 81,950 ރުފިޔާ (އަށްޑިހަ އެއް ހާސް ނުވަ ސަތޭކަ ފަންސާސް ރުފިޔާ) 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

މީރާއިން އަންނަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންނެވެ. ފައިސާ ހޯދުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށް މީރާއިން ބުނެއެވެ.