ޚަބަރު

ކާނިވަލާއި އަރޓިފިޝަލް ބީޗަށް އުދަ އަރައިފި


ކާނިވަލާއި، ހެންވޭރު ބްރިޖް ވިއު ޕްލެޓްފޯމް ސަރަޙައްދަށް އުދަ އަރައިފިއެވެ. ނަމަވެސް އެއްވެސް މުދަލަކަށް ގެއްލުންވެފައެއް ނުވެއެވެ. އަދި އުދަ އަރުމާއި ގުޅިގެން މަގުމައްޗަށް ޖަމާވި ވެލިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުންދަނީ ކުރަމުންނެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އުދަ އަރަމުންދަނީ މޫސުން ގޮސްވުމާއި ގުޅިގެން ނޫން ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެތަކުގެ ބާނިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.

ކާނިވާ ސަރަޙައްދަށާއި، ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަޙާއްދަށް އުދަ އަރާފައިވަނީ މިރޭ 8:45ހާއިރެއެވެ. މިއީ މިރޭ އެންމެ ބޮޑަށް ދުޔަވަރު ބޮޑުވު ވަގުތެވެ. ނެޓުން ބުނެފައިވަނީ ދެން ދިޔަވަރު ބޮޑުވާނީ މާދަމާ ހެނދުނު 13:30ހާއިރުކަމަށެވެ.

މިވަގުތުގައި މާލެއާއި އަދި ބިން ތިރިކޮށް ހުންނަ ރަށްތަކަށް ކޮންމެވެސް ވަރަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
މި ހަފްތާ ފެށުނުއިރު މޫސުން ގޯސްކޮށް އޮތް ނަމަވެސް، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. ނަމަވެސް އުތުރުގެ ތަށްތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުދަނީ ކުރަމުންނެވެ. މެޓުން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނަގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ.