ކުޅިވަރު

13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފި


13 ރަށެއްގެ ފުޓްބޯޅަ ދަނޑެއްގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓްގައިވަނީ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް މިއަދު ފޮނުވާފައިވާކަމަށާއި އިތުރު 11 ރަށެއްގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށެވެ.

ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފާއިވާ 13 ރަށަކީ ރ.އަލިފުށި، ފ.ނިލަންދޫ، އައްޑޫ ސިޓީގެ ފޭދޫ ޏ.ފުވައްމުލައް، ގދ.ތިނަދޫ، ލ.ގަން، ޅ.ހިއްނަވަރު، ނ.ހޮޅުދޫ، ހއ.ދިއްދޫ، ގއ.ވިލިގިލި، އދ.މާމިގިލި، ހދ.ނެއްލައިދޫ އަދި މީގެ އިތުރުން ނ.ކެދިކުޅުދޫއެވެ.

މިސަރުކާރުން މިހާރުވެސް ރަށްރަށުގައި އަޅާފައި ހުރި ދަނޑުތަށް އިތުރަށް ތަރައްގީކޮށް، މަރާމާތު ކުރުމަށް ނިންމާފައިވާކަމަށް މަހުލޫފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން 10 ރަށެއްގައި ފީފާ ފެންވަރުގެ ޓަރފް ދަނޑު އެޅުމަށްވެސް މީގެ ކުރިން މިނިސްޓްރީންވަނީ އިއުލާންކޮށްފައެވެ.