ޚަބަރު

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ސަލީމް


އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު އިންތިހާބުކޮށްފިއެވެ. ސަލީމް އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މަޖލީހުގައި ޕީޕީއެމް ތަމުސީލުކުރާ މްމްބަރުންގެ އިއްތިފާޤުންނެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގައި ސަލީމާއި އެކު ޕީޕީއެމް ތަމުސީލުކުރަނީ ޖުމްލަ 5 މެމްބަރުންނެވެ. އެ މެމްބަރުންނަކީ ނައިފަރު ދާއިރާގެ މެމެމްބަރު އަހްމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގާއި ގުރއިދޫ ދާއިރާގެ މެމްބަރު ޤައްސާން މައުމޫނާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ.