ޚަބަރު

ރާޖަޕަކްސާގެ ދަރިކަލުން ނަމާލާއި ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރެއްވުމަކީ ލިބިވަޑާއިގެންނެވި އުފަލެއްކަމަށެވެ. އަދި ރާއްޖެ އާއި ލަންކާއާއި ދެމެދު އޮތީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅެއްކަމަށެވެ.. އަދި މި ގުޅުން އިތުރަށް ހަރުދަނާވެ ކުރިމަގުގައިވެސް ކުރިޔަށްދާނެކަމަށްވެސް ނަމާލް ވިދާޅުވިއެވެ.

ނަމާލް މިއަދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. ނަމާލް އަކީ ސްރީލަންކާގެ އިދިކޮޅޫ ޕާޓީ މަޖިލިސްގައި ތަމްސީލުކުރައްވާ މަޖލިސް މެމްބަރެކެވެ.

ނަމާލް ރާޖަޕަކްސާވަނީ އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ބައިވެރިވެޑައިގެންފައެވެ