ވިޔަފާރި

ރާއްޖެއަށް މުދާ އެތެެރެކުރި މިންވަރު ދަށްވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް މުދާ އެތެެރެކޮށްފައިވާ މިންވަރު 5 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް 39.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް 715 މިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދަށްވެފައިވަނީ މެޝިނަރީއާއި މެކޭނިކަލް ބައިތަކުގެ އިތުރުން، އިމާރަތްކުރުމަށް ބޭނުންކުރާ ތަކެތި އަދި ޕެޓްރޯލް ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު އެ މުއްދަތުގައި ދަށްވުމާއި ގުޅިގެންކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދަށްވެފައިވީ ނަމަވެސް އެ މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކޮށްފައިވާ މިންވަރުވަނީ އިތުރުވެފައެވެ.

އެގޮތުން ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މުދަލުގެ އަގު ވަނީ 41 އިންސައްތަ އިތުރުވެފައެވެ. އެކްސްޕޯޓު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއިން ރި- އެކްސްޕޯޓުކޮށްފައިވާ މުދާ އިތުރުވުމުންނެވެ.