ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔުމަށް ނާއިބު ރައީސް ފައިޞަލް ނަސީމާއި އެމަނިކުފާނުގެ ބޮޑީ ގާޑުން ދިން އެހީތެރިކަމަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
ނާއިބު ރައީސް ފައިޞަލް ނަސީމް ހުކުރަށް ވަޑައިގެން ޒިކުރާ މިސްކިތައް ހުކުރަށް ދިޔަ މީހަކު ހޭނެތިގެން ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމުގައި ނާއިބު ރާއިސާއި އެމަނިކުފާނުގެ ބޮޑީ ގާޑުން ވަނީ ބައިވެރިވެޑައިގެންފައެވެ. އަދި ހޭނެތުނު މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނާއިބު ރައީސްގެ ކާރުކޮޅުގައެވެ.
މި މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ނާއިބު ރައީސް ފައިޞަލް ނަސީމަށް ތައުރީފުކޮށްފައެވެ. އެގޮތުން ނާއިބު ރައީސާއި އެމަނިކުފާނުގެ ބޮޑީ ގާޑުންގެ ޓީމުން ދައްކާފައިވަނީ ވެރިންގެ ފަރާތުން ފެންނަން ޖެހޭ ވަރަށް ފުރިހަމަ މިސާލެއްކަމަށެވެ. އަދި ނާއިބު ރައީސްގެ ހިތްތިރިކަމަށްވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ހުކުރަށް ވަޑައިގެން މިސްކިތުން ދިމާވި ހަތަރު އަހަރުގެ ކުއްޖަކާއި އުފެދުނު ގުޅުމަށްވެސް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.