ޚަބަރު

އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު ރައީސް ތަސްދީގު ކުރައްވައިފި


ސައިކަލުން ޑިއުޓީ ބޮޑު ނުކުރުމަށާއި، އަންނައުނުގެ ބާވަތްތަކުން ޑިއުޓީ ނުނެގުމަށް އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހާއި އެކު އެޤާނޫނު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.މިއަދު ރައީސް ތަސްދީގުކުރެއްވި އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫނުގައިވާގޮތުން، ސައިކަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ %150 އިންސައްތައިން  %100އަށް ކުޑަކޮށް، އަންނައުނުގެ ބާވަތްތަކުން ނަގަމުންއައި ޑިއުޓީ %15އިން %0އަށް ކުޑަކުރެވޭނެއެވެ. އަދި ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗިހީގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި މޮޓޯ ސައިކަލް ފިޔަވައި އެހެން އުޅަނދުތަކުން %150 ޑިއުޓީއެއްނެގޭނެއެވެ.ސަރުކާރުންވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކޮށްފައިވާ ސައިކަލާއި އަންނައުނުގެ ބާވަތްތަކަށް މި ގާނޫނު ފާސްވަންދެން ޑިއުޓީގެ ގޮތުގައި ދައްކާފައިވާ ފައިސާއިން އިތުރުވާ މިންވަރެއް އަނބުރާ އެފަރާތަކަށް ދޭނެކަމަށް ވިދާޅުވެފައެވެ.