ފިޠުރުޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބި ކަނބަލުން ފަޒްނާ އަހުމަދު ބާއްވަވަން ކުރިން ހަމަޖެހިފައި އޮތް އީދު ސަލާން ކުރެއްވުން ނުބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޢީދު ސަލާންކުރެއްވުން ކެންސަލްކުރެއްވީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.