ވިޔަފާރި

ޢީދުގެ މުނާސަބަތުގައި ޓްރީޓޮޕް ހޮސްޕިޓަލުން ޙާއްސަ ޕްރޮމޯޝަނެއް!


ފިތުރު ޢީދުގެ މުނާސަބަތުގައި، ލެބޯރެޓަރީ، ރޭޑިއޮލޮޖީ އަދި ޑައިގްނޯސްޓިކްސް ޓެސްޓުތަކުން ޙާއްސަ ޕްރޮމޯޝަންތަކެއް ޓްރީޓޮޕް ހޮސްޕިޓަލުން ތަޢާރަފްކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިމަހުގެ ޖޫންމަހުގެ 5 ،6 އަދި 8 ވަނަ ދުވަހު މި ޕްރޮމޯޝަންގެ ދަށުން ލެބޯރެޓަރީ، ރޭޑިއޮލޮޖީ އަދި ޑައިގްނޯސްޓިކްސް ޑިޕާޓްމަންޓުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ދަށުން ސީ.ޓީ، އެމް.އާރް.އައި، އެކްސް.ރޭ، އަލްޓްރާ ސައުންޑް، މެމޯގްރަފީ، އަދި ބޯން ޑެންސިޓޮމެޓްރީ ޙިދުމަތް ލިބެންހުރެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ އައުޓް-ޕޭޝަންޓް ނުވަތަ އޯޕީޑީގެ ޙިދުމަތް ފިތުރު އީދު ދުވަހު ބަންދުވާނެކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.