ޚަބަރު

އައިޖީއެމްއެޗް އީ.އާރް، ހޫނު ގަދަވުމުގެ މައްސަލަ ޙައްލުކޮށްފި


އައިޖީއެމް ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމު ހޫނުވުމުގެ ސަބަބުން ދިމާވި ދަތިތައް މިހާރު އެއްކޮށް ޙައްލުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އައިޖީއެމް ހޮސްޕިޓާލްގައި ހުރި މައި، "ކޫލިންގ ސިސްޓަމް" ހަލާކުވެ، އެކަން ޙައްލުކުރުމަށް މިދިޔަ އަހަރުގެ މެއިމަހު ކޫލިންގ ޓަވަރެއް ބެހެއްޓުމަށް ވީލް އިންޖިނިއަރިންގ ކިޔާ ކުންފުންންޏަކާ ހަވާލުކުރިކަމަށެވެ. ނަމަވެސް މަސައްކަތް ނުނިމި މިހާ ދިގު މުއްދަތެއްވީއިރު، އެކުންފުނިން އެދިގެން މުއްދަތު އިރުކޮށްދީގެންވެސް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި ނުވާކަމަށް އައިގީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އަދި ސަރުކާރު ބަދަލުވުމާއިއެކު، އެގްރިމެންޓް ނިމުމަކަށް އައީކަމަށްބުނެ އެ ކުންފުނިން އައިޖީއެމް ހޮސްޕިޓަލަށް ސިޓީއެއް ހުށައެޅިކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މީގެފަހުން ކޫލިންގ ޓަވަރުގެ މަސައްކަތް ކުރީ ސީދާ އައިޖީމް ހޮސްޕިޓަލާއި، ކޫލިންގ ޓަވަރ މެނުފެކްޗަރކުރާ ކުންފުންނާ ގުޅިގެންކަމަށް ސީއީއޯ ސަލީމް ވިދާޅުވިއެވެ. އަދި ރައީސް އޮފީހާއި، ފިނޭންސް މިނިސްޓްރީއަށް މިކަން ހުށަހަޅައި އެކަމަށް ބޭނުންވާ ހުއްދައާއިއެކު ކޫލިންގ ސިސްޓަމްތައް ރާއްޖެއަށް ގެނެވިފައިވަނީ މި މެއި މަހުގެ 9ވަނަ ދުވަހުކަމަށެވެ.

"ވީލް އިންޖިނިއަރިންގްއާއިއެކު އަނެއްކާވެސް އެއްބަސްވުމަކަސް އައިސް، ކޫލިންގ ޓަވަރުތައް އައިޖީއެމް ހޮސްޕިތަލަށް ގެނެސް އެސެމްބަލް ކުރަން ފެށުނީ 12މެއިގައި، މި މަސައްކަތް 2މެއިގައި އެއްކޮށްވަނީ ނިމިފަ" ސަލީމް ވިދާޅުވިއެވެ.

އަދިޖީއެމް ހޮސްޕިޓަލްގައި ކޫލިންގ ޓަވަރު ބެހެއްޓުމަށް ހަ ލައްކަ ތިރީސް ހަ ހާސް ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހޮސްޕިޓަލު ފިނިކުރުމަށް ބޭނުންކުރާ މައި ކޫލިންގ ޓަވަރަށް ދިމާވި މައްސަލައާއި ގުޅިގެން އިމާރާތުގައި ހުރި ގިނަ ޑިޕަރޓްމަންޓްތަކަށް ހޫނު ގަދަވުމުގެ މައްސަލަވަނީ ދިމާވެފައެވެ. އަދި ހޮސްޕިޓަލްތެރެ ހޫނުވުމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ހޯދާ އާމުންވަނީ އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކޮށްފައެވެ. ޚާއްސަކޮށް އެމަރޖެންސީ ރޫމްގައި ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައިވާ މީހުންނަށް އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެގެން ޝަކުވާކޮށަފައިވެއެވެ.

މި މައްސަލަ މިހާރުވަނީ މުޅިންހެން ޙައްލުކޮށްފައެވެ.