މާދަމާއިން ފެށިގެން ފިޠުރު ޒަކާތް ދޫކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިޠުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނި މިއަހަރު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށެވެ.
ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ އިސްލާމީ މަރުކަޒާއި އަރަބިއްޔާ ސްކޫލްގައެވެ. ރަށްރަށުގައިނަމަ އެރަށެއްގެ ކައުންސިލުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި މާދަމާ ހެނދުނު 9:30އިން މެންދުރު 12:00އަށް، މެންދުރު 12:45އިން ހަވީރު 15:30އަށް، ރޭގަނޑު 21:00އިން 23:00އަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތުން ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ ޢަރަބިއްޔާ ސްކޫލް ހޯލުގައެވެ. އެގޮތުން ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިގަޑިތަކުގައެވެ.
ޒަކާތް ބަލައިދާ މީހުން އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލު ގެނައުމުން ޒަކާތް ދޫކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ 16ވަނަ ދުވަހާ ހަމައަށް 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ތަމަޟާންމަހުގެ ފުރަތަމަ 16 ދުވަހާ އަޅާބަލާއިރު %10 އިތުރު ޢަދަދެކެވެ.