ޚަބަރު

ނުބަލާ ދޮރުހުޅުވި ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި


ނުބަލާ ކާރެެއްގެ ދޮރު ހުޅުވި ޑްރައިވަރެއްގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ ލައިސަންސް ހިފައްޓާފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ޑްރައިވަރެއްގެކަމަށެވެ.

ފުލުހުން ބުނީ ކާރު ޑްރައިވަރުގެ ލައިސަންސް ހިފެހެއްޓީ މަގުމަތީގައި ކާރު ޕާކުކުރުމަށްފަހު ނުބަލާ ދޮރު ހުޅުވުމުގެ ސަބަބުން ކާރުގެ ދޮރުން ޖެހި ސައިކަލެއްގައި ދިޔަ މީހަކަށް އަނިޔާވުމުންކަމަށެވެ.

މިއަދު ހަވީރު ޖަނަވަރީމަގުގައި ހިނގި މި އެކްސިޑެންްޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން 39 އަހަރުގެ ބަންގްލަދޭސްގެ ރައްޔިތަކަށެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބުނުނަމަވެސް އެމީހާގެ ކޮނޑުހުޅަށް ކޮންމެވެސް ވަރަކަށް އަނިޔާވުމުން އޭޑީކޭގައި ފަރުވާ ދީފައިވާކަމަށެވެ.

ޓެކްސީތަކުން ފައިބާއިރު ބެލުމެތްނެތި ދޮރު ހުޅުވާލުމުން އެކްސިޑެންޓްތައް ހިނގާ މީހުންނަށް އަނިޔާ ވުމަކީ އާއްމުކަމެކެވެ.

މަގުމަތީ ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި މި މި ފަދަ މައްސަލަތައް ބަލާ ކުށްވެރިވާ ފަރާތްތަކުގެ ލައިސަންސް އަންނަނީ ހިފަހައްޓަމުންނެވެ.