ޚަބަރު

މިސްޓަ މޯލްޑިވްސް 2020 ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މިސްޓަ މޯލްޑިވްސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާއިރު، މުބާރާތް އޮންނާނީ މިއަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް 2020 ވަނަ އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަންއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިސްޓަ މޯލްޑިވްސް 2020ގައި ބައިވެރި ވެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށްވެސް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މަޢުލުމާތުދެއެވެ.

މުބާރާތުގެ ރެޖިސްޓްރޭޝަން މިހާރު އާއްމުކޮށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 1 މާޗް 2020 ވާ އާދިއްތަ ދުވަހު. އަދި މިދުވަހަށްފަހު އެއްވެސް ފަރާތެއްގެ ފޯމް ބަލައި ނުގަންނާނެކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލުމާތުދެއެވެ.