ޚަބަރު

ކުރީގެ އާސެނަލް ތަރި ރެޔޭސް މަރުވެއްޖެ


އާސެނަލް އާއި ސެވިއްޔާގެ ކުރީގެ ފޯވާޑް ހޮސޭ އެންޓޯނިއޯ ރެޔޭސް މަރުވެއްޖެއެވެ.

އުމުރުން އެންމެ ތިރީސް ފަސް އަހަރުގެ ރެޔޭސް މަރުވީ ޓްރެފިކް އެސްސިޑެންޓެއްގައެވެ. ރެޔޭސްގެ ކުރީގެ ކްލަބް ސެވިއްޔާއިން ވަނީ މިޙަބަރު ޔަގީންކޮށްދީފައެވެ.
އެހެންނަމަވެސް ހާސިޔާގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ރެޔޭސް ވަނީ 2004 ފެށިގެން 2007 އާ ހަމަށް އާސެނަލްއަށް ކުޅެދީފައެވެ. އަދި ސެވިއްޔާއަށް ދެ ފަހަރެއްގެ މަތިން ކުޅެދިންއިރު އޭނާ ވަނީ ޗައިނާ ޓީމަކަށްވެސް ދުވަސްކޮޅަކު ކުޅެދީފައެވެ.

މިދިޔަ ޖެނުއަރީ މަހު ރެޔޭސް ވަނީ ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކްލަބަކާ ގުޅިފައެވެ.