ޔޫރޮޕާ ލީގުގެ ފައިނަލްގައި އޭނާގެ ޓީމު އަތުން ޗެލްސީ މޮޅުވުން ހައްގު ކަމަށް އާސެނަލްގެ ކޯޗު އުނާއީ އެމެރޭ ބުނެފިއެވެ.
ބަކޫގައި ކުޅުނު ފައިނަލް މެޗުން އާސެނަލް ބަލިވީ 4-1އިންނެވެ.
މީގެ ކުރިން ސްޕޭނުގެ ސެވިއްޔާގައި ޔޫރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ އޭނާގެ ޓީމަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ ކަމަށެވެ.
މި ބައްޔާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް އަށް ފުރުސަތެއް ނުލިބޭނެ. އެޓީމް ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.
އާސެނަލްއަށް މިގެއްލުނީ ހޯދިދާނެ ތައްޓެއްކަމަށާއި ނަމަވެސް މިކަމަމާއި ހާސްނުވާކަމަށް އެމްރީން ބުންޏެވެ.
އާސެނަލް އަކި ފުޓްބޯޅައިގެ ވަރަށް ބޮޑު ކުލަބެއް އަދި ވަރަށް ގިނަ މަޝްހޫރު ކުޅުންތެރިން މިކުލަބްއަށް ކުޅެން ބޭނުންވާކަމަށް 22 އަހަރަށް ފަހު އާސެން ވެންގާ ކޯޗުކަމާ ވަކިވުމުން އާސެނަލްއާ ހަވާލުވި ކޯޗު އުނާއި އެމްރީ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ސީޒަނަށް ޓީމަށް ބަދަލުތަކެއް ބޭނުންވާ ކަމަށާއި ޓީމަށް ގެންނާނެ ކުޅުންތެރިންގެ ކަންތައްތަކާ ކުލަބުން ވަރަށް ބޮޑަށް އުޅޭ ކަމަށެވެ. އަދި ފުޓްބޯޅައިގައި މަސައްކަތް ކޮށްފައި ނާކާމިޔާބު ވުމަކީ ސަގާފަތް ކަމަށާއި އާސެނަލްގެ މެނޭޖްމަންޓުން އޭނާ އާއި ކުޅުންތެރިންނަށް އިތުބާރު ކުރަން އެދޭ ކަމަށެވެ.