ޚަބަރު

މާދަމާއިން ފެށިގެން ވަކިވަކިން ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއް


ވަކިވަކިން ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅުނު ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށް ހެލްތް މިނިސްޓްރ ޢަބްފުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަވާޢިދަށް މާދަމާ އަމަލު ކުރަަން ފަށަން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކާއި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މިއީ އެކަމަށް އެޅުނު ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޤަވާއިދު އެކުލަވާލާފައިވަނީ ކެބިނެޓާއި ސޯޝަލް ކައުންސިލްގެ މަޝްވަރާ އާ އެކުގައި ކަމަށާ، ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒް ކުރުމަށް އާންމު ފަރުދުންގެ އެއްބާރުލުން މުހިއްމު ކަމަށެވެ.

ރާއްޖޭގެ ޒުވާނުންގެ ގިނަ ބަޔަކީ ދުންފަތުގެ އިސްތިޢުމާލް ކުރާ ބަޔަކަށް ވެފައިވާއިރު ކުރިއަށް އޮތް ދުވަސް ތަކުގައި އާންމުން މިކަމަށް ހޭލުންތެރި ކުރުމަށް ނިންމާފައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރާ ބޯޑްގެ މެމްބަރ ޑރ.އަރޫނާ ވިދާޅުވީ މިފަދަ ޤަވާއިދެއް އެކުލަވާލާފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލަށް ބަލައި ވަރަށް ގިނަ ދިރާސާ ތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

މާދާމާއިން ފެށިގެން ވަކިން ދުންފަތުގެ ބާވަތްތަށް ވިއްކުން މަނާކުރަން ނިންމާފައިވާއިރު މިކަމަށް އާންމުން ހޭލުންތެރިކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަވާޢިދަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު ޖުލައި އެއްތިރީހުން ފެށިގެން ރާއްޖޭގައި އުފައްދާ، ބަންދުކޮށް އަދި އެތެރެކުރާ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް ވިއްކާއިރު އޭގައި ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސްވެސް ޖަހަންޖެހޭނެއެވެ. އަދި ނޮވެމްބަރ ތިރީހުން ފެށިގެން މި ޤަވާޢީދުގައި ލާޒިމްކުރާ ސިއްޙަތުގެ އިންޒާރު ނެތި ދުންފަތް ހިމެނޭ ބާވަތްތަށް ވިއްކުމަކީވެސް މަނާކަމެކެވެ.