ޚަބަރު

ހިސާން ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ. ޖޭއެއެސްސީގައި މަޖިލިސް ތަމުސީލުކުރައްވާ މެމްބަރަކަށް ހިސާން އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 81 މެމްބަރުން އިއްތިފާޤުންނެވެ.

ޖޭއެސްސީގައި މަޖިލިސް ތަމުސީލުކުރައްވާނެ މެމްބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށައަޅާފައިވަނީ ހަމައެކަނި ހިސާންގެ ނަމެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައެޅި މެމްބަރެއްގެ ގޮތުގައި މި ނިިމިދިޔަ ރައްޔިތުން މަޖިލީހުން އައްޔަންކުރައްވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވި ހިސާންއަކީ ސިޔާސީ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތަކުގައި އެ ބޭފުޅުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހިމާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދުގައި ދިފާއުގައި ކޯޓްގައި ވަކާލާތުކުރައްވާފައިވެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޔަންލުރައްވާ އެކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހްވަނީ ރައީސް މުޙައްމަދު ނަޝިދާ ރޭ ޙަވާލުކުރައްވައިފައެވެ.

ޖޭއެސްސީގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ރައޫފް އިބްރާހީމާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވި މެމްބަރު އަލްއުސްތާޛު އަބްދުލް ޙަންނާން އަޙްމަދާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމާއި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން ވަކީލުން އިންތިޚާބު ކުރެއްވި ޤާނޫނީ ވަކީލު
އަލްއުސްތާޛާ ލަތީފާ ޤާސިމްއެވެ.