ޚަބަރު

އައު މަޖިލީހުގެ ނައިބު ރައީސަކަށް އީވާ ޢަބްދުﷲ ހޮވައިފި


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އިންތިޚާބުކޮށްފިއެވެ.

އީވާ ޢަބްދުﷲ މިމަޤާމަށް އިންތިޚާބުކުރީ މިރޭގެ ބޭއްވި ރައްޔިތުންގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެތެރެއިން 76 ވޯޓާއެކުއެވެ. ނުފެންނަކަމަށް 9 މެމްބަރަކު ވޯޓުދެއްވިއެވެ. އީވާއާއެކު ދެން މިމަޤާމަށް އެހެން ބޭފުޅަކު ވާދައެއްވެސް ނުކުރައްވައެވެ.

މަޖިލީހުގެ ނައިބުރައީސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. މި ހުށަހެޅުމަށް ތާޢީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.