ޚަބަރު

އިންޖީނެއް ހަލާކުވެ ގއ.ވިލިނގިލީގެ %70 ކަރަންޓު ކެނޑިއްޖެ


ގއ.ވިލިނގިލީ އިންޖީނުގެއަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުގެ ބޮޑު ބަޔަކުން ކަރަންޓު ހިންގައްޖެއެވެ.

ވިލިނގިލީ އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ ކުންފުނިން ވިދާޅުވެފައިވަނީ، އިންޖީނަށް ދިމާވި މައްސަލަ އަދި ސީދާ ވިދާޅުވާން ނޭންގޭކަމަށާ، އެހެންނަމަވެސް އިންޖީނަށް ބޮޑެތި ގެންލުންތަކެއް ވެފައިވާކަމަށެވެ. މައްސަލަ ދިމާވީ އެރަށުގައި ބޭނުންކުރަމުން އަންނަ 800 ކިލޯ ވޮޓްގެ އިންޖީނަކަށެވެ. މައްސަލަ ދިމާވީ ކުއްލިއަކަށް ކަމަށް ފެނަކައިން ވިދާޅުވެއެވެ. މިކަމާގުޅިގެން އެރަށުގެ %70 ގެތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މި މައްސަލަ ޙައްލުކުރުމަށް އެރަށަށް އިންޖީނެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެނައިން ވިދާޅުވެއެވެ. ވިލިނގިއްޔަށް ކަރަންޓު ދިނުމަށް ފެނަކައިން އެރަށުގައި ބޭނުން ކުރަމުން އަންނަނީ 800 ކިލޯ ވޮޓްގެ 2 އިންޖީނާއި، 500 ކިލޯ ވޮޓްގެ އިންޖީނެކެވެ.

އެރަށަށް ކަރަންޓު ދިނުމަށްޓކަައި ހުރިހާ އިންޖީނުރައް އެއްފަހަރާ ބޭނުންކުރަން ޖެހޭކަމަށް ފެނަކައިން ވިދާޅުވެއެވެ. ކަރަނަޓުގެ މައްސަލަ ހައްލުކުރުމަށް ފެނަައިން މަސައްކަތް ކުރަމުން އަންނައިރު، ރަނަގަޅު އިންޖީނުތައް ބޭނުންކޮށްގެން އެކިވަގުތު ރަށުގެ އެކިސަރަަޙައްދުތަކަށް ކަރަންޓު ދޭނެނކަމަށް ފެނަކައިން ވިދާޅުވެއެވެ.