ޚަބަރު

މާލެއަށް ވައިގަދަވެ އަމީނީމަގުގައި ހުރި ދިއްގާގަސް ވެއްޓިއްޖެ


ރާޢްޖެއަށް މިހާރުކުރަމުންދާ ހުޅަނގު ވިއްސާރާގައި މާލެއަށް ޖެހުނު ގަދަ ވައި ގައި އެސްޓީއޯ ލޭބަރ ކުއަޓަރސް ކުރިމަތިން އަމީނީމަގުގައި ހުރި ބޮޑު ދިއްގާ ގަސް ވެއްޓިއްޖެއެވެ.

މި ގަހަކީ ހިޔާ ބޮޑު ގަހެއްކަމުން ގަސް ހުންނަ ހިސާބުގައި ހަދާފައިވާ ޕާކިން އޭރިޔާގައި ހަތަރު ފުރޮޅުލީ ގިަ އަދަދެއްގެ އުޅަނދުތައް ޕާކުކުރެއެވެ. ރޭ ޖެހުނު ގަދަ ވައިގެ ސަބަބުން ގަސްވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ޕިކަޕަކަށް ވަނީ ގެއްލުން ލިބިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމްގެ ވިއްސާރާގައި ރޭ މާލެއަށް 20 މޭލާއި 28 މޭލާއި ދެމދުގެ ބާރު މިނުގައި ވައި ޖެހިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ މެންދުރުފަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ދަންވަރުން ފެށިގެން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤަައމީ އިދާރާއިން ބުނެއެވެ.

މެދުތެރޭ އަތޮޅު ތަކުގެ ކަނޑުުތައް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެތީ މެދުތެރޭ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމްގެ ވިއްސާރައިގެ އިއްޔެ ވަނީ މެދުކެނޑުމެއްނެތި ވާރޭވެހުމުގެ ސަބަބުން ލ.އިސްދުއާއި، ތއަތޮޅުގެ 6 ރަށެއްގައި ފެން ބޮޑުވެ 19ގެއަކަށް ފެންވަދެފައެވެ.