ޚަބަރު

މަސްތުވާތަކެތި ވިއްކާ 2 ގެއަކަށް ވަދެ 37 މީހުން ހައްޔަރުކޮށްފި


މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ފުލުހުން ވަދެ 37 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލާފާސްކޮށްފައިވަނީ ގ ޕެލިކަން އާއި ގ.މެމޮރީވިލާކަމެށެވެ.

ފުލުހުން ބުނީ މި ދެ ގެއަކީ ފުލުހުންނަށް ނުވަދެވޭ ގޮތަށް އިލެކްޓްރޯނިކް ތަޅު ހަރުކޮށް ބަންދުކޮށްފައިވާ ދެ ގެކަމަށެވެ. ޢަދި މި ދެ ގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މިކަމުގައި ކުޑަކުދިންނާއި އަންހެނުން ބޭނުންކުރާކަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގ ޕެލިކަން ގެއިން 19 އަހަރާއި 42 އަހަރާާއި ދެމެދުގެ 11 ދިވެހި ފިރިހެނުންނާއި 21 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ކުޑަ 2 ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ. ޢަދި ގ މެމޮރީވިލާއިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މި އެންމެން ތެރެއިން ކުޑަދެކުދިންގެ ފިޔަވާ އެންމެންގެ ބަންދުގެ މުއްދަތަށް 3 ދުވަސް ކޯޓުން ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދެ ގެ ބަލާފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު 81 ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.