ޚަބަރު

ވައިގަދަ ވާއިރު އުސް ޢިމާރާތްތަކުގެ ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި


މިހާރުކުރަމުންދާ ވިއްސާރާގައި ވައިގަދަވެ އުސް ޢިމާރާތްތަކުން އެއްޗިހި ވެއްޓި ނުރައްކާތެރި ޙާދިސާތައް ހިނގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާކުރައްވައިފިއެވެ.

ފުލުހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދުވަސްވަރު އުސް ޢިމާރާތްތަކުގެ ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ވާރޭވެހި ބައެއް އަތޮޅުތަކުގައި ފެންބޮޑުވަމުންދާއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް އުދަ އަރާނެކަމަށް ލަފާނުކުރެވޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކުރައްވާފައެވެ.

އުދައަރާނެކަމަށް ލަފާ ނުކުރެވުނުނަމަވެސް މެދު ރާއްޖޭގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި މެދު ރާއްޖޭތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. މޫސުން ގޯސްވެ މޫސުމާބެހޭ އިދާރާއިންވަނީ ކ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް މިރޭ 11އިން ފެށިގެން މެންދަމު 3 ޖެހުމާއި ހަމައަށް ވައިޓް އެލަރޓްނެރެފައެވެ.