އިޓާލިއަން ލީގުގައި ރޭ ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ކްލަބްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެޓަލާންޓާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެއެވެ.
އެޓަލާންޓާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދީ ލީގުގެ ފަހު މެޗު ކާމިޔާބުކޮށް ލީގުގެ ތިން ވަނަ ހޯދައިގެންނެވެ. ބޮޑު ހަމަނުޖެހުންތަކާ ދެ ރަތްކާޑު އަދި ހަތަރު ލަނޑު ފެނިގެންދިޔަ ފޯރިގަދަ މެޗުގައި އެޓަލާންޓާ ސަސޫލޮގެ މައްޗަށް ކުރި ހޯދީ ތިނެއް އެކަކުންނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސަސޫލޮއެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމެނިކޯ ބެރަރޑީއެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނެޖެހުން ގަނޑުގެ ތެރެއިން ބެރަރޑީއަށް ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުފޮނުވާލާފައިއެވެ. އަދި ދެވަނަ ހާފް ކުޅުންތެރިއެއް މަދުން ކުޅެމުންދިޔަ ސަސޫލޮ މެޗުން ބަލިވީ ދެވަނަ ހާފްގައި އެޓަލާންޓާ ކާމިޔާބުކުރި ތިން ލަނޑާއެކުއެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ދުވާން ޒަޕާތާ، އަލެހަންދްރޯ ގޮމޭޒް އަދި މާރިއޯ ޕަސަލިޗް. މެޗު ނިމެންދަނިކޮށް ސަސޫލޮގެ ކެޕްޓަންއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައިއެވެ.