ޚަބަރު

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި


ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

މި ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ ހަވީރު މުލީއާގެގައެވެ.

މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެކެވެ.