ޚަބަރު

ފަހު ވަގުތު ޖެހި ލަނޑާ އެކު ޒެފިޔާ ސެމީގެ ދެވަަނަ ޖާގަ ކަށަވަރުކޮށްފި


އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްގެންދާ ހެޕީމާކެޓް ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ސެމީފަނަލުން ޒެފިއާ ޖާގަހޯދައިފިއެވެ. ޒެފިޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ކްލަބް ސްކެވެންޖާސް 1-2 ގެ ނަތީގާއަކުން ބަލިކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުލަބު ސްކަވެންޖާސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްކަވެންޖާސް ލީޑުގައި އޮވެގެންނެވެ. މިފޯރިގަދަ މެޗްގައި ޒެފިޔާއިން ވަނީ ދެވަނަ ހާފުގައި ސްކަވެންޖާސްއަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ނުދީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް ފަހަތުން އަރާ ލީޑުވެސް ނަގާފައެވެ. މިމެޗުގައި ޒެފިޔާއިން ޖެހި 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޙަސަން ރާއިފް އަޙުމަދެވެ. ސްކަވެންޖާސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޢަލީ ޟިރުޣާމެވެ.

މުބާރާތުގެ ކުއާޓަރ ފައިލަންގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސްއާއި، މާކަރީ ޔުނައިޓެޑެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި، އެފްސީ ސްކޫޕް ކަންމައްޗެވެ. ކުއާޓަރ ފައިނަލްގެ ފަހު މެޗުތައް ކުޅެވޭނީ މިރެއެވެ.