ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައި މިވަނީ
މި މަހުގެ 3 ވަނަ ވަނަދުވަހު އަގު އުފުލުމަށްފަހުއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 11 ރުފިޔާ 39 ލާރިއަށްކަމަށެވެ. މީ މީގެކުރިން ހުރި އަގާއި ބަލާއިރު 10 ލާރީގެ ހެޔޮވުމުކެވެ. ޑީސަލްގެ އަގަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 11 ރުފިޔާ 97 ލާރި އަށެވެ. މީ ކުރިން ހުރި އަގާއި ބަލާއިރު 14 ލާރީގެ ހެޔޮވުމެކެވެ.

އެންފަހުން ތެލަށް ގެނައި ބަދަލާއި އެކު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11 ރުފިޔާ 49 ލާރިއަށްކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12 ރުފިޔާ 11 ލާރިއަށެވެ.

ތެލުގެ އަގަށް ގެނައި ބަދަލު

ޕެޓްރޯލް
ކުރިން ލިބެންހުރީ : 11:49 ލާރި
އަގު ހެޔޮވި މިންވަރު : 0.10 ލާރި
މިހާރު ލިބެން ހުރި އަގު : 11:39 ލާރި

ޑީސަލް
ކުރިން ލިބެންހުރީ : 12.11 ލާރި
އަގު ހެޔޮވި މިންވަރު : 0.14 ލާރި
މިހާރު ލިބެންހުރި އަގު: 11.97 ލާރި



ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ތެލުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއިން ބުނީ، ތެލުގެ އަގުތަކަށް ބަދަލު ގެނަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުއެވެ. ދުނިޔޭގެ ބާޒާރުގައި އިއްޔެވަނީ ތެލުގެ އަގު ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. މީ މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ތެލުގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.