ޚަބަރު

ޕީޕީއެމް - ޕީއެންސީންވެސް ތާއީދުކުރާނީ އަފީފަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށް ބާޢްވާ ވޯޓުގައި އިދިކޮޅު ޕީއެންސީން ކޯލިޝަނުން ތާއީދުކުރާނީ ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ޕީއެންސީ ޕީޕީއެމް ކޯލިޝަނުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އަދީފަށް ތާއިދުކުރަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްހެ ތާއީޑު އަފީފަށް އޮތްކަން ހާމަކުރެވުންނެވެ.

" މިރޭ އަޅުގަނޑުގެންގެ ދެ ޕާޓީންވެސް މި ތިބީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެ ވިދާޅުވި ނަންފުޅަށް ތާއީދު ކޮށްގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ދެ ޕާޓީންވެސް މި ދެކެނީ ރައީސް އެދިވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަން،" ނިހާން ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުން މަޖލީހުގެ މެމްބަރުންނާއި 19 ވަނަ ރައްޔިތުން މަޖިލީހަށް އިންތިޚާބު ވެޑައިގެން މެމްބަރުންނާއި އެކު ރޭ މަޖިލިސްގައި ބޭއްވި ތާރާވީހަކަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްވަނީ އަފީފަށް ތައުރީފުކުރައްވާ މަޖލިސްގެ ރިޔާސަތަޢް އެންމެ އެކަށޭނެ ބޭފުޅަކީ އަފީފުކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ބޭފުޅުންގެ ތެރެއިން ރައީސްކަމަށް އެންމެ ވާދަކުރައްވަނީ އަފީފާއި އަސްލަމްއެވެ.

މަޖިލިސް ހުވާކުރުމާއި ރައީސަކު ހޮވުމުގެ ޖަލްސާ އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އަދި އެމްޑީޕީން މަޖލިސްގެ ރައީސަކަށް ގެންނަން ބޭނުންވާ ބޭފުޅެއް ހޮވުމުން އަންނަ ހޯމަ ދުވަހުގެ ރޭ ނިންމަން އެ ޕާޓީންވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އާ މަޖިލީހުގެ 65 ގޮނޑި އާއި އެކު ސުޕަރް މެޖޯރިޓީ އޮތީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ އަތުގައެވެ. މި ސީޔާސީ ޕާޓީތަކުން މަޖލީހުގެ މިހާ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމ ފަހަރުވެސްމެއެވެ. އިދިކޮޅޫ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި އަންނަ މަހިލީހުގައި ތިއްބަވާނީ 8 މެމްބަރުންނެވެ.