ޚަބަރު

ގއ.ވިލިގިއްޔަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެއްޖެ


ގއ.ވިލިގިއްޔަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ

މިހާރުކުރަމުންގެންދާ ވިއްސާރައިގައި ގއ.ވިލިނގިލީގެ ބައެއް ގެތަކަށް ފެން ވަނުމުގެ ސަބަބުން ފެން ހިނދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ. މި ވިއްސާރާގައި ފެންބޮޑުގެ އެރަށުގެ 5 ގެއަކަށް ފެންވަނުމުގެ ސަބަބުން އެ ގެތަކުގައި ބޭނުންކުރާ ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ވެފައެވެ. މި ވިއްސާރައާއި ގުޅިގެން ވިލިގިލީގައި ބަލިމަޑުކަމެއް ފެތުރިދާނެކަމަށްޓަކައި އެރަށުގައި ހުރި ސިއްޙީ އިދާރާތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.

އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް ވިއްސާރައާއި ގުޅިގެން ކުރިމަތިވެދާނެ ބަލިމަޑުކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ވިއްސާރަވެ ފެންވަދެފައިވާ ގޭތަކާއި ސަރަޙައްދުތައް ކްލޮރިނޭޓްކުރުން ފަދަ ކަންކަން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ވިއްސާރައިގެ ސަބަބުން އެއްވެސް ކަހަލަ ބަލިމަޑުކަމެއް ފެތުރިގެންދޭތޯ ވަރަށް ގާތުން ބަލަމުންގެންދާނެކަމަށް އެއިދާރާތަކުންވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ކުރިއަށް އޮތް ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.