ވިޔަފާރި

"ރޯދަ މޮމެންޓްސް" ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ފަށައިފި


ދިރާގާއި ސެމްސަންގ ގުޅިގެން "ރޯދަ މޮމެންޓްސް" ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރިއަށްދާ މިމުބާރާތުގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާގައި (RoadhaMoments#) ރޯދަ މޮމެންޓްސް ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކުރެވޭނެއެވެ. އަދި ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްއިން އަލަށް ތަޢާރަފްކުރި އޭ-އެއިޓީ ފޯނެއް ލިބޭނެއެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.

މިމުބާރާތް ކުރިއަށްދާނީ ޖޫންމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ދިރާގުން މިމުބާރާތް ކުރިއަށްގެންދިޔައީ އިންސްޓަގްރާމްގައި އެކަންޏެވެ. ނަމަވެސް މިއަހަރު އިންސްޓަގްރާމްގެ އިތުރުން ފޭސްބްކް އަދި ޓުވިޓާގައިވެސް މުބާރާތް ކުރިއަށްދާނެއެވެ.