ޚަބަރު

އިންޑޮނޭޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި


ހުސްވި މަހު އިންޑޮނޭޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ މިހާރު ރައީސް ޖޯކޯ ވިޑޯޑޯ ކާމިޔާބުކުރައްވާފައިވާ ކަމަށް ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކައިފިއެވެ.

އިންޑޮނޭޝިޔާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު މިދިޔަ މަހުގެ އިންތިޚާބުގައި ވިޑޯޑޯ ކާމިޔާބު ހޯއްދަވާފައިވަނީ ވޯޓުގެ ފަންސާސް ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ ހޯއްދަވައިގެންނެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ރިޓަޔަރޑް ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯއަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ ސާޅިސް ހަތަރެއް ޕޮއިންޓް ފަހެއް އިންސައްތައެވެ.

އިންޑޮނޭޝިޔާގެ އިންތިޚާބާ ބެހޭ އިދާރާއިން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ލީ ސަތޭކަ ފަންސާސް ހަތަރު މިލިއަން ވޯޓުގެ ތެރެއިން އަށްޑިހަ ފަސް މިލިއަން ވޯޓު ކާމިޔާބުކުރެއްވީ ވިޑޯޑޯ ކަމަށެވެ.

އިދިކޮޅު ކެނޑިޑޭޓް ޕްރަބޯވޯ ވަނީ މި އިންތިޚާބުގައި މަކަރު ހަދައިގެން ނަތިޖާ އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރައްވާފައެވެ.

އަދި އޭނާގެ ރިޔާސީ ކެމްޕޭން އޮފީހުން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޢާއްމު ކުރި ނަތީޖާއާ ދެކޮޅަށް ދުސްތޫރީ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.