ޚަބަރު

ސަލާމަތީ ބާރުތަކުން ޚާއްޞަ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފި


ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 18:00 ގައެވެ. މި ތަމްރީނުތައް ކުރިއަށްދާނި 23 ވަނަ ދުވަހުގެ 6:00 އާ ހަމައަށްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައިކަމަށެވެ. މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާއިރު، މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.