ޚަބަރު

ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް


ޜާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމް ފެށުމުގެ ވިއްސާރައެވެ.

ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ޅ އަތޮލާއި ފ އަތޮޅާއި ދެމެދަށް ޔެލޯ އެލާޓް ނެރަފައެވެ
މި އެލާޓް މިރޭ ފަތިހު 04:30 ގެ ނިޔަލަށް ދެމިގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އެ އޮފީހުން ބުނީ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވޭރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ބުނެއެވެ. ޢަދި މިކުރާ ވިއްސާރަ ހަފްތާއަކަށް ދިގު ދެމިގެން ހިގައިދާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.