ކުޅިވަރު

ޑަޗް ލީގުގެ ޗެމްޕިއަންކަން އަޔަކްސް ހޯދައިފި


ޑަޗް ލީގްގައި ކުޅުނު އެންމެ ފަހު މެޗު ކާމިޔާބުކޮށް އަޔަކްސް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން އެ ޓީމުން ޑަޗް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަޔަކްސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޑަޗް ކަޕްގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.

އަޔަކްސް އިން ރޭގެ މެޗް ކާމިޔާބުކޮށްފައިވަނީ 1-4 އިންނެވެ. މި މެޗްގައި އަޔަކްސްއަށް މި ސީޒަންގައި ގިނަ ގޯލްތަކެއް ޖަހައިދިން ޑުސަން ޓަޑިޗް ދެ ގޯލް ކާމިޔާބުކުރިއެވެ. އަނެއް ދެ ލަނޑު އަޔަކްސްއަށް ކާމިޔާބުކޮށްދިނީ، ނިކޮލަސް ޓަގްލިއަފިކޯ އަދި ޗޮނޭއެވެ.

މިއީ އަޔަކްސް އިން އެއް ސީޒަނެއްގައި ޑޮމެސްޓިކް މުބާރާތެއްގެ ދެ ތަށި ހޯދި އަށްވަނަ ފަހަރެވެ. އަދި، މިއީ އަޔަކްސް އިން މިހާތަނަށް ހޯދި 34 ވަނަ ލީގު ތައްޓެވެ.

އަޔަކްސް އާ އެންމެ ގާތުން މި ފަހަރުގެ ލީގުގައި ވާދަކުރި ޕީއެސްވީ އަށް ހޯދިފައިވަނީ 24 ތައްޓެވެ. ޑަޗް ލީގު އަޔަކްސް އިން ހޯދިއިރު ޕީއެސްވީ އަށް ލީގު ގެއްލިފައި މިވަނީ އަޔަކްސް އަށްވުރެ ތިން ޕޮއިންޓް މަދުން ލިބިގެންނެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި އަޔަކްސް ވަނީ މިސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު ގިނަބައެއްގެ ލޯބި ހޯދާފައެވެ.