ޚަބަރު

ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާކަމަށް ބުނެ - ފުލުހުން


ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު ކިޔާ ބިދޭސީ މީހާ މަރާލީ އެއް ޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެފިއެވެ.

"ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު މަރާލިކަން އެގުނު އޭނާ ގެއްލިގެން އެ މައްސަލަ ފުލުހުންނަށް ހުށައެޅުމުން ކުރި ތަހުޤީގުންނެވެ. މި މައްސަލާގައި އެ ބޯޓްގައި މަސައްކަތްކުރަމުން ދިޔަ ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

މަރާލާފައިވާ ލުތުފަރުގެ ހަށިގަނޑު ހޯދާފައިވަނީ ކަނޑުގެ އަޑިންނެވެ. މި ބައިތައް ހޯދާފައިވަނީ އޭނާގެ ހަށިގަނޑު އޮތްކަމަށް ބެލެވޭ ސަރަހައްދު ޑައިވްކޮށްގެން ބެލިބެލުމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ 40 އަަހަރުގެ ލުތުފަރަކީ ށ.ޅައިމަގު ބޯޓެއްގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. އެމީހާ ގެއްލިގެންް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

ތަފުސީލު އަންނަނީ ...