ޚަބަރު

އިރާނުގެ ބޯޓަކީ އެހެން ޤައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ ބޯޓެއް

50 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ސަރަހައްދުން އަތުލައިގެން އިރާނުގެ ބޯޓަކީ އެހެން ޤައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ ބޯޓެކެވެ. މި ބޯޓްވަނީ މީގެ ކުރިންވެސް މަސްތުވާތަކެއްޗާއެކު 2 ފަހަރެއްގެ މަތިން އަތުލައިގެންފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހަށްދަށް މަސްތުވާތަކެއްޗާއެކު އިރާނުގެ ބައެއް ބޯޓްތައް ވަންނަ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިރާނުގެ ބޯޓް ކޯސްޓްގާޑުން އަތުލައިގެންފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. މިއީ އިރާނުގެ ގެ ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެނެވެ. 2014 ވަނައަހަރުވެސް މި ފަދަ ބޯޓެއް އަތުލައިގެންފައިވެއެވެ. އެފަހަރު 24 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެ ބޯޓް އަތުލައިގަތީ ބ އަތޮޅާ ދިމާލުންނެވެ. އޭގެފަހުން 29 ކިލޯގެ މަސްއތުވާތަކެއްޗާއެކު އީރާނުގެ ބޯޓެއް އަރި އަތޮޅާއި ދިމާލުން 2016ގައި އަތުލައިގެންފައިވެއެވެ. އަދި ހަމަ އެ އަހަރު ހއގައި އޮންނަ ފިނޮޅު ފަރަށް އިރާނުގެ ބޯޓެއް އެރިއެވެ. އެ ބޯޓް ސަލާމަތްކުރަން ދިޔުމުން ބޯޓްގައި ރޯކޮށްލުމަށްފަހު ފަޅުވެރިން މޫދަށް ފުންމާލިއެވެ. އެބޯޓުންވެސް 115 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މިމަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓުންވެސް މިހާތަނަށް ވަނީ 50 ކިލޯގެ މަސްތުވާތަކެތި ފެނިފައެވެ. ލަކުޑިން ހަދާފައިވާ މި ބޯޓް ފުލުހުން އަތުލައިގަތީ ފުލުހުންނާއި ސިފައިން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި ބ.އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓް ބަލާ ފާސްކުރުމަށްފަހު ފުލުހުން ވަނީ އެބޯޓް ނޫސްވެރިންނަށް ދައްކާލާފައެވެ. 50 ކިލޯގެ މަސްތުވާތަކެތި މި ބޯޓްގައި ރައްކާކޮށްފައިހުރީ ބޯޓުގައި ހުރި ކޮމްޕާރޓްމަންޓްތަކުގައި އިތުރު ފައިބަރު ފަށަލައެއް އަޅާ ނުފެންނަގޮތަށް ހަދައިގެންކަމަށް ފުލުހުން ބުނެއެވެ. އެތަކެތި ފުލުހުން ނަގާފައިވަނީ އެތަން ކަފާލައިގެންނެވެ.

ބޯޓްގެ އެހެން ދިމާތަކުގައިވެސް މަސްތުވާތަކެތި ރައްކާކޮށްފައިވާނޭކަމަށް ބަލާ ފުލުހުން ވަނީ ބޯޓްގެ އެކި ދިމާތަކުގައި ލޯވަޅު އަޅާ ނުވަތަ ތޮރުފައިގެން ބަލާފައެވެ. އެ ބޯޓުން ފެނުނު މަސްތުވާތަކެތި ރައްކާކޮށްފައިހުރީ ބޯޓުގެ ފަހަތުކޮޅުންނެވެ.

މިމަހުގެ ހަތްވަނަ ދުވަހު މަސްތުވާތަކެއްޗާއެކު އަތުލައިގެން އީރާނުގެ ބޯޓަކީ މަސްތުވާތަކެއްޗާއި އެކު ދަތުރުކުރަމުންދަނިކޮށް އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުންވެސް އަތުލައިގެންފައިވާ ބޯޓެކެވެ. މި ބޯޓް މަސްތުވާތަކެއްޗާއެކު މީގެކުރިން ދެ ޤައުމަކުން ހިފައްޓާފައިވެއެވެ.

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މި ބޯޓުގައި ތިބި 7 މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެނގިފައިވާ ގޮތުގައި އޭގެތެރޭގައި އިރާނާއި މި ސަރަހައްދުގެ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. މި އެންމެންގެވެސް ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މިބޯޓު އިތުރަށް ބަލައި ފާސްކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް މި ބޯޓް އެރިނަމަވެސް މިހާރު މި ބޯޓް އޮތީ މާލެއަތޮޅު ގުޅީ ފަޅުގައެވެ.

މި ބޯޓަކީ މި މިސަރަޙައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންގެންދާ ބޯޓެއްކަމަށް ފުލުހުން ބުނެފައިވާއިރު މި ބޯޓު އަތުލައިގަތް އޮޕަރޭޝަންގެ މައުލޫމާތު އަންނަ އާދިއްތަ ދުވަހު އާއްމުކުރުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.

އިރާނުގެ މި ބޯޓް ފުލުހުން އަތުލައިގެންފައިވަނީ ގދ.އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯ މަސްތުވާތަކެތި އަތުލައިގެންތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އެ މައްސަލާގައި ފަސްމީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް އީރާނުގެ ބޯޓުން ގެނައި މަސްތުވާތަކެއްޗާއި ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ހުރިކަމެއް އަދި ނޭގެއެވެ.