ކުޅިވަރު

އެއްވަނަ ޓީމެއްގެ ގޮތުގައި ސްކޯޕިއަންސަް ކުއާޓަރއަށް


ކިއު އައި ފުޓްސަލް ފިއެސްޓާގައި ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެގޮތުގައި ކުއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ސްކޯޕިއަންސް ކަށަވަރުކޮށްފިއެވެ.

ޅ. ހިންނަވަރުގައި ކުރިއަށްގެންދާ މުބާރާތުގެ ކުއާޓަރގެ ޖާގަ ސްކޯޕިއަންސް ކަށަވަރު ކުރީ ރޭ މަކާވް އާ ވާދަކޮށް 7 ލަނޑު 4 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާއާއެކު އެއްވެސް މެޗަކުން މޮޅެއް ނުލިބި މަކާވް މުބާރާތުން ކަޓާފައި ވާއިރު ސްކޯޕިއަންސްއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްގެންނެވެ. އެއް މެޗް ކާމިޔާބުކޮށްގެން ގްރޫޕް އެކެއްގެ ދެވަނަ ޓީމްގެ ގޮތުގައި ކުއާޓާރ އިން ޖާގަ ހޯދީ އެފްސީ ޝެޑޯސްއެވެ.

ގްރޫޕް ތިނަކުން ކުއާޓާރގެ ފުރަތަމަ ޖާގަ ލިބިފައިވަނީ ފެލިވަރަށެވެ. ފެލިވަރު ކުއާޓަރގެ ޖާގައެއް ހޯދީ ރޭ ކުޅުނު މެޗްގައި ކޮމަންޑޫ 4 ލަނޑު 3 ލަނޑުން ބަލިކޮށްގެންނެވެ. މިއާއެކު ކޮމަންޑޫއަށް ވަނީ ކުޅުނު ދެ މެޗުންވެސް މޮޅެއް ނުލިބި ކުއާޓަރގެ ވާދަކުރުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ކޮމަންޑޫއަށް ކުއާޓަރގެ ފުރުސަތު އޮތީ މި ގްރޫޕްގަ މިރޭ ރިވަރ ސައިޑް އަދި ފެލިވަރު ވާދަކުރާ މެޗް މަދުވެގެން ދެ ލަނޑުގެ ތަފާތަކުން ފެލިވަރު ކާމިޔާބުކޮށްފި ނަމައެވެ.

ގްރޫޕް ހަތަރެއްގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ޓީއެންޓީއެވެ. އެއީ ހުރަވަޅި 6-2ން ބަލިކޮށްގެންނެވެ.
ގްރޫޕް ދޭއް އަދި ހަތަރަކުން ކުއާޓަރ ފައިނަލްގެ ޖާގަހޯދާ ޓީމްތައް ކަށަވަރުވާނީ މިރޭ ގްރޫޕްސްޓޭޖްގައި ކުޅޭ ފަހު މެޗްތަކުންނެވެ.