ޚަބަރު

ޙައްޖު ކޯޓާ ލިބުނު ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކޮށްފި


މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަދިން ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު މީހުން ޙައްޖަށް ގެންދިޔުމަށް ކޯޓާ ދީފައިވަނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ޖަމާއަތަކަށެވެ. އެ ޖަމާއަތްތަކާއި އެކު އިސްލާމިކް މިނިސްޓްރީން އެކުލަވާލާ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.

މިއަހަރުގެ ޙައްޖަށް ގެންދިޔުމުގެ ހުއްދަދީފައިވަނީ

މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑް – 69965ރ
ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް- 72550ރ
ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް- 70000ރ
މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑް- 69965ރ
އެކްރޯ ޕްރައިވެޓް ލިމިޓެޑް- 59965ރ
އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް- 69965ރ

ޙައްޖު ކޯޓާ ލިބުނު ޖަމާއައްތަކުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ މިވަނީ ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނީ އުސޫލުން ބޭރުންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް އަމިއްލަ ޖަމާއަތެއްކަމަށްވާ ސިސިލްފަރު ޙައްޖު ގްރޫޕުން ވަނީ ދައުވާކޮށްފައި ވަނިކޮށެވެ. ދިވެހިން ޙައްޖަށް ގެންދާތާ ގިނަ އަހަރުތަކެއްވެފައިވާ ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އާއި ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވަނީ ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށެވެ. ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ އޮގަސްޓްމަހުގެ 10 ވަނަ ދުވަހާއިއެވެ.