ޚަބަރު

ހުޅުމާލެއިން 2 ގަޑިއިރަށް ކަރަންޓު ކެނޑިއްޖެ


ހުޅުމާލެއިން އެކުގައި ކމިރޭ ކަރަންޓު ކެންޑިއްޖެއެވެ. މިރޭ 10:00 އެހައިކަންހާއިރު ކަރަންޓް ކެނޑުމުގެ ސަބަނުން މުޅި ހުޅުމާލެ އޮތީ ދެގަޑިއެއް ހައިއިރުވަންދެން އަނދިރީގައެވެ.

ހުޅުމާލެއަކީ ގާތްގަނޑަކަށް ލައްކައަކަށްވުރެ ގިނަމީހުން މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ. ސްޓެލްކޯއިން މަޢުލޫމާތުދެއްވިގޮތުގައި ހުޅުމާލެއިން ކަރަންޓު ކެނޑެން ދިމާވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ސްޓެލްކޯގެ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ޓެސްޓް މަރުހަލާގެ މަސައްކަތެއްގައި ދިމާވި ކަމަކުންނެވެ.

މިމައްސަލަ ދިމާވިތާ ދެގަޑިއެއްހައިއިރުގެ ތެރޭގައި ހުޅުމާލެއަށް އެކުގައިވަނީ ކަރަންޓުދީފައެވެ.