މާލޭގައިހުންނަ މަޝްހޫރު ހޮޓެލް، މޫކައި ސޫޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.
ފުލުހުން ވިދާޅުވީ މިރޭ 21:27 އެހައިކަންހާއިރު މޫކައި ސުއިޓްސްގެ ލައިޓް ތަކަކުން ދުން އަރާކަމަށް މައުލޫމާތު ލިބިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ފުލުހުންނަށް ދެވުނުއިރު އެތަނުގެ ތިރީ ބުރީގައި ހުރި ކަރަންޓް ކޭބަލް ތަކެއްގައި ރޯވެގެން ލައިޓް ތަކުން ދުންއަރަމުންދާކަމަށާ، ހުރިހާ ފްލޯއެއްގައިވެސް ލައިޓްތަކުންވެސް ދުން އަރަމުން ދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ.
އެއާއެކު އެޢިމާރާތުން މީހުން ހިސްކޮށްފައިވާކަމަށާއި ފުލުހުންނާއި އެމްއެންޑީއެފާއި ފަޔަރ ޓީމުން އެސަރަޙައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.