ޚަބަރު

ބީއެމްއެލްގެ އިތުރު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް،ގެ އިތުރު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ރެނާޓަސް އިތާމުއިގައި ތިން އޭޓީއެމްއާއި އެކު ހުޅުވާފައިވާ މި ސެންޓަރު މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ރުފިޔާ ނެގުން އަދި އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުން ފަދަ ޙިދުމަތްތައް 24 ގަޑިއުރު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އޭޓީއެމްގެ ޙިދުމަތް ދިނުމަށް މިހާރުވެސް ހުޅުމާލޭގެ ދެ ސަރަޙައްދެއްގައި އެ ބޭންކުން ވަނީ އޭޓީއެމްތައް ބަހައްޓާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ވަނީ، 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 100 އަށްވުރެގިނަ އޭޓީއެމް، ބަހައްޓާފައެވެ. މީގެ އިތުރުން 5300 ޕީއޯއެސް މަރޗަންޓުންނާއި 277 ކޭޝް އޭޖެންޓުން ހަރަކާތްތެރިވަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.