ޚަބަރު

ގެއްލިގެން އުޅޭ ބިދޭސީމިހާގެ ހަށިގަނޑު ކަމަށް ބެލެވޭ ބައިތަކެއް ފެނިއްޖެ


ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ލުތުފަރުގެ ހަށިގަނޑުންގެ ބައެއްބައިތައް ބެލެވޭ ބައިތަކެއް ފުލުހުން ހޯދައިފިއެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 40 އަަހަރުގެ ލުތުފަރަކީ ށ.ޅައިމަގު ބޯޓެއްގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. މިމިހާ ގެއްލިގެންް ރިޕޯޓްކޮށްފައި ވަނ އޭޕްރިލް މަހުގެ 22ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެންއުޅޭ ލުތްފަރުގެ ހަށިގަނޑު އޮތްކަަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވްކޮށްގެން ބެލިބެލުމުން ލުތްފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.