ޚަބަރު

މިއަހަރު ކަދުރު ބަހަނީ، މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ބަލައިގެން


ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު މިއަހަރު ބަހަންފަށާނީ މިދިޔަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ޖެހުނު މީހުންގެ ލިސްޓަށް ބަލައިގެންކަމަށް އިސްލާމިކް މިނިސްޓްރިއިން ވިދާޅުވެއްޖެއެވެ.

މިއަހަރު ކަދުރު ބެހުމުގައި އިސްކަންދޭނީ އެންމެފުރަތަމަ ފަގީރުންނަށްކަމަށް އިސްލާމިކް މިނިސްޓްރީއިންވަނީ ވިދާލުވެފައެވެ. މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގަައި ޖެހިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު، 8000 އަށްވުރެ ގިނަމީހުން ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްތަކައި ރަށްްރަށުގެ ރަށު ކައުންސިލުތަކުންނެވެ. އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ރަށްރަށަށްވެސް ކަދުރު ފޮނުވައި ކަދުރު ބެހުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން 31 ރަށެއްގެ ކައުންސިލާ ކަދުރު ޙަވާލުކޮށްފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މާލޭގައި ކަދުރުބަހަން ފަށާދުވަހާއި ގަޑިތައް ސަރުކާރު ހުޅުވުމާއެކު އިއުލާންކުރައްވާނެކަމަށެވެ. ކަދުރު ބަހަނީ ފަގީރުންންގެ ދަފްތަރުގައި ޖެހިފައިވާ ކޮންމެ ގެބީސީއަލަށް 1 ޕެކެޓް ކަދުރުގެ އުސޫލުންނެވެ. ފަގީރުންގެ ގޭބިސީތަަކަށް ކަދުރު ބެހުމަށްފަހު ބާކީވާ ބައި ބަހާނީ ކުރިން އަންނަ ފަރާތްތަކަށް ކުރިންދޭ އުސޫލުނެނެވެ.

ކަދުރު ދޫކުރާނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމަކާއި، އައިޑީކާޑް ގެންދިއުމުންނެވެ. ރާއްޖެއަށް ކަދުރު ބެހުމަށްޓަކައި ސައުދީ ސަރުކާރުންވަނީ 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. ރޯދައާދިމާކޮށް ސަޢުދީ ސަރުކާރުން ކޮން އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.