ޚަބަރު

ޕާކިސްތާން އެމްބަސީގެ ފަރާތުން ރާއްޖެއަށް 1000 ވުރެ ގިނަ ކުޅިވަރު ސާމާނު ހަދިޔާކޮށްފި


ޕާކިސްތާން އެމްބަސީގެ ފަރާތުން ރާއްޖެއަށް 1000 ވުރެ ގިނަ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ. މި ސާމާނުތައް ހަވާލުކުރުމަށް އިއްޔެ ހަވީރު ކްރިކެޓް އިންޑޯ ހޯލުގައި ވަނީ ޙާއްސަ ރަސްމީޔާތެއް ބާއްވާފައިއެވެ. އެގޮތުން މި ރަސްމީޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހްވެސް ބައިވެރިވެޑައިގެންނެވިއެވެ. ޕާކިސްތާނުން ރާއްޖޭއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި 700 ބޯޅައާއި، ކްރިކެޓް ވައިޑީޕީ ކުރިއެރުވުމަށް ކްރިކެޓް ސާމާނުގެ އިތުރުން ސްކޫލްތަކަށް ޖާޒީވެސް ވަނީ ހަވާލުކޮށްފައިއެވެ. މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާހް ވިދާޅުވީ، ޕާކިސްތާންގެ އެހީތެރިކަމާއެކު މި ލިބުނު ކުޅިވަރު ސާމާނަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމަށްޓަކައި އަފްލާހް ވަނީ ޕާކިސްތާނަށް ޝުކުރުއަދާކުރައްވާފައިއެވެ.