ޚަބަރު

އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ ކާމިޔާބު މުބާރާތެއް - ތޮލާލް


އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް އެތްލެޓިކް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ. ގަތަރުގެ ދޯހާގައި ނިމިގެންދިޔަ އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ގައުމީ ދެ ރެކޯޑް މުގުރާލާފައިވާއިރު، 3 އެތްލީޓުން ވަނީ ޕާސަނަލް ބެސްޓު މިމުބާރާތުގައި ދައްކާފައެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެތްލީޓުން މިހާރު ތިބި ހާލަތު މިމުބާރާތުން ވަރަށް ރަގަނޅަށް ދެނެގަނެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް އައިއޯއައިޖީގައި މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަނެވިފައިވާކަމަށެވެ. އަދި މިމުބާރާތުގެ ސަބަބުން އައިއޯއައިޖީގައި މެޑަލް ހޯދުމަށް އިތުރު ހިއްވަރެއް ލިބިފައިވާކަމަށެވެ. އެތްލެޓިކްސް އެސޯސިއޭޝަން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޭނުންވަނީ ފަސް މެޑަލް ހޯދުމަށެވެ އައިއޯއައިޖީގައި 5 މެޑަލް އެތްލެޓިކްސް އެސޯސިއޭޝަންއަށް ހޯދޭނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެކަށީގެންވާގޮތުގައި ތަމްރީންތަށް ކުރިއަށް ގެންދެވިގެންކަމަށާއި ތަމްރީން ކުރުމަށް އެކަށީގެންވާ ވަސީލަތްތަށް އެސޯސިއޭޝަންއިން ރާވާފައިވާ ގޮތަށް ފަހިކޮށްދެވިގެން ނޫނީ ފަސް މެޑަލް ހޯދުމަކީ ވަރަށް އުދަގޫކަމެއްކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އުއްމީދަކީ ތަމްރީންތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ވަރަށް އަވަހަށް ހަމަޖެހިގެންދިއުންކަމަށެވެ. އަދި އެތްލެޓިކްސް އެސިއޭޝަންއިން އައިއޯއައިޖީގައި އަމާޒް ހިފާފައިވާ 5 މެޑަލް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލުމަށް އެތްލެޓިސް އެސޯސިއޭޝައިން ވަނީ ޝުކުރުއަދާކޮށްފައިއެވެ.
އެންމެ ފަހުން ރީޔޫނިއަންގައި ބޭއްވުނު އައިއޯއައިޖީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރަން މެޑަލް ހޯދާފައެވެ.