ސިޔާސީ

މަޝްހޫރު ފިލްމީ ތަރި ނިއުމާ އެމްއާރްއެމަށް ސޮއިކޮށްފި


މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދު މޯލްޑިވްސް ރިފޯމް މޫމަންޓު (އެމްއާރްއެމް)އަށް ސޮއިކޮށްފިއެވެ.

ނިއުމާ އެމްއާރްއެމްއަށް ސޮއިކުރަން ހުއްޓާ ހުރި ފޮޓޯއެއް ޓްވީޓަރ ޕޯސްޓުކޮށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއާރްއެމްއަށް ނިއުމާ ސޮއިކުރުމުން މަރުޙަބާ ދަންނަވާ ކަމަށެވެ. ނިއުމާ މިހާތަނަށް މަސައްކަތް ކޮށްފައިވާ ހުރިހާ ފިލްމަކުންވެސް ފެނިގެން ގޮސްފައިވަނީ މުޖުތަމަޢުއަށް އޭގެ ސަބަބުން ކުރާނެ ފައިދާ ކަމަށްވެސް މަޢުމޫންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. މަޢުމޫން ވިދާޅުވި ގޮތުގައި ނިޢުމާއަކީ އެމްއާރްއެމްގެ ސިޔާސަތުތައް މުޖުތަމަޢުއަށް ދައްކުވައި ދިނުމަށް އެންމެ ރަނގަޅު އެކަކު ކަމަށެވެ.

މަޢުމޫން ކުރެއްވި ޓްވީޓު --

ކުރީގެ ރައީސް މަޢުމޫން އިސްކޮށް ހުންނަވައިގެން އުފައްދާ އެމްއާރްއެމް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު އެޕާޓީއަށް 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެމްއާރްއެމްއިން ވަނީ ދާދިފަހުން ބުނެފައެވެ.