ޚަބަރު

މަގުމަތިން ހުއްޓުވާ އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދީފި


މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންތަކެއް ދީފިއެވެ.

އާމިނަތު ވަހީދާ ދުއްވާ ކާރަށް ގެއްލުންދީފައިވަނީ އޭނާގެ ކުރީގެ ފިރިމިހާ އެވެ. އަދި ކާރަށް ގެއްލުންދީފައިވަނީ ޓްރެކް ސަރަހައްދުން ކާރު ދުއްވާފައި ދަނިކޮށް ކާރު ހުއްޓުވުމަށް ފަހުއެވެ. އަދި ކާރު ހުއްޓުވާ ކާރުގެ ބޮނެޓް ހުޅުވުމަށްފަހު އިންޖީނާއި ބޮނެޓަށް ގެއްލުންދީފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ޑޮމެސްޓިކް ވަޔަރލެންސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންކަމަށެވެ. އެހެންނަމަވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ނުބުނެއެވެ.

ޓެކްސީ ސެންޓަރަކާއި ގުޅިގެން ޓްކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރުކަމަށްވާ އައިމިނަތު ވަހީދާ ޓެކްސީ ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.