ޚަބަރު

އެސްޓީއޯގެ އައިޓީ ހެޑް އަޒްމީ ނިޔާވެއްޖެ


ހަދަމުންދާ މިސްކިތަކުން ވެއްޓުމުގެ ސަބަބުން ބޮޑެތި ޒަޙަމްތަކެއްވި އެސްޓީއޯގެ އައިޓީ ހެޑް މުސްތަފާ އަޒްމީ ނިޔާވެއްޖެއެވެ.

އަޒްމީ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށްފަހު، ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް އިންޑިއާއިން ބުނުމުން އަނބުރާ ރާއްޖެ ގެނައި ފަހުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަޒްމީ ނިޔާވީ ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށާއި، މޭގެ ކަށިތަކާއި ފުއްޕާމެއަށް ބޮޑެތި ގެންލުންތަކެއް ވެގެންނެެވެ.
އަޒްމީ ވެއްޓިފގައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފައިފުހޭ މިސްކިތުގެ މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގައި އެ މިސްކިތުގެ ދެވަނަ ފަންގިފިލައިންނެވެ.

އަޒްމީ ނިޔާވިއިރު އޭނާ ވަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގައި 25އަހަރުގެ މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައެވެ.
އަޒްމީ ނިޔާވިއިރު އޭނާގެ އުމުރަކީ 41އަހަރެވެ.