ޚަބަރު

އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބް، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފި


ޕެނަލްޓީގައި ކަސްޓަމް ބަލިކުރުމަށްފަހު އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބް، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ އެސް.ޓީ.އޯ އާއި ކަސްޓަމްސް ބައްދަލުކުރި މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމްވެސް އޮތީ އެއް ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ.
މެޗުގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީވެސް އެސް.ޓީ.އޯ. މިލަނޑު އެޓީމަށް ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަމް މުހައްމަދު އިމްރާންއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ކަސްޓަމްސްއަށް މެޗުގައި ނަތީޖާ ހަމަ ހަމަކޮށްދިނީ މުޙްތާރްއެވެ.

މިމެޗުގައި ކަސްޓަމްސްގެ ކެޕްޓަން އަދި ގޯލްކީޕަރު އިބްރާހިމް ވަހީދުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އޭނާ ވަނީ އެސް.ޓީ.އޯއިން ފޮނުވާލި ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ. އެހެންނަމަވެސް ޕެނަލްޓީގައި ކަސްޓަމްސް ބަލިވީ އެޓީމުން ޖެހި ތިން ޕެނަލްޓީވެސް ނާކާމިޔާބު ވުމުންނެވެ.